ads
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ
ސޯޝަލް ހައުސިންގެ އިންސައްތައެއް ފަތުރުވެރި ކަމުގެ ދާއިރާގެ ދިވެހިންނަށް ހާއްސަކޮށްފި
ރިޔާސީ އިންތިހާބުގައި ވައުދުވެލެއްވިގޮތަށް ސޯޝަލް ހައުސިންތަކުގެ އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރިންނަށް ހައްސަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތައް ނިންމެވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުކަމަށް ރައީސް އޮފީހުން ބުންޏެވެ. 

"މިގޮތުން މި ކަރުދާހާމެދު މަޝްވަރާ ހިންގެވުމަށްފަހު ރައީސް ވަނީ ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ އާބަން ސެންޓަރުތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ސޯޝަލް ހައުސިން މަޝްރޫޢުތަކުގެ ތެރެއިން ވަކި އިންސައްތައެއް ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފުންނަށް ހާއްސަ ކުރުމަށް ނިންމަވާފަ،" - ރައީސް އޮފީސް-

މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ކައުންސިލް ހައުސިން މަޝްރޫއުތައް ކުރިއަށް ގެންދާނަމަ، އެ މަޝްރޫޢުތަކުގެ ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަކޮށް، އެ ސަރަހައްދެއްގައި އެ މުވައްޒަފުންނަށް ހައުސިން ފުރުސަތު ލިބޭނެގޮތް ހަމަޖެއްސެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ވަނީ ނިންމަވާފަކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. 

ރައީސް މުއިއްޒު ގެންދަވަނީ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަވަމުންނެވެ. ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް