ads
ކެވިން ޑި ބްރޭނާ
ކެވިން ޑި ބްރޭނާ އެނބުރި އައިސް ތަފާތު ދައްކައިފި
އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ހަޑްސްފީލްޑް ޓައުން އަތުން 5-0 މޮޅުވެ، މެންޗެސްޓާ ސިޓީން މުބާރާތުގެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ.

ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އަނިޔާއިން ރަނގަޅުވެގެން ގިނަ ދުވަސްތަކެއް ވަންދެއް ކުޅުމާ ދުރުގައި ހުރި ކެވިން ޑި ބްރޭނާ އެނބުރި އައިސް މޮޅުކުޅުމެއްވަނީ ކުޅެފައެވެ.

މި މެޗުގައި ސިޓީން ފުރަތަމަ ހާފު ނިންމާލީ ފިލް ފޯޑެން އާއި ޖޫލިއަން އަލްވަރޭޒްގެ ލަނޑުތަކާ އެކު، ދެ ގޯލުން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ފޯޑެން ވަނީ ސިޓީ އަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ. ސިޓީން މި މެޗުގައި ޖެހި އެއް ގޯލަކީ، ހަޑްސްފީލްޑްގެ ބެން ޖެކްސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސިޓީން ޖެހި ފަހު ލަނޑަކީ، ޑި ބްރޭނާ ދިން ބޯޅައަކުން ޖެރެމީ ޑޮކޫ ކާމިޔާބުކުރި ގޯލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް