ads
ސަސްޕެންޑުކުރި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން މަލްޝާ ޝަރީފާއި (ވ) މަރިޔަމް ޝިއުނާ (ކ) އާއި އަބްދުﷲ މަހްޒޫމް މާޖިދު --
މަދުބަޔަކު ކުރިކަމަކުން އެންމެނަށް ބޮޑު ގެއްލުމެއް ލިބިދާނެބާ..؟!
ދުވަސް ކޮޅަކަށް ފަހު ރޭ ދުވަސްވީ އެކުވެރިޔަކާއި ދިމާވި އެވެ. ފުރަތަމަވެސް ކޮށްލި ސުވާލަކީ އިންޑިޔާއިން ހަމަ އަސްލަށްވެސް ރާއްޖެ ބޮއިކޮޓުކޮށްލީ ހެއްޔެވެ؟

އަޅުގަނޑު އެކަމާ ވަރަށް ވިސްނާލުމަށް ފަހު އެކަހަލަ ވާހަކައެއް އަޑު އަހާފައިވާ ވާހަކަ އެއް ބުނެލީމެވެ. މިކަން މިގޮތަށް ދިމާވާން ޖެހޭ ސަބަބަކާއި މެދު ވާހަކަ ދައްކަމުން އޭނާ ބުނީ ސަރުކާރުގެ މަތީ ފަންތީގައި ތިބި ބައެއް މީހުންނަކީ އެއްވެސް ކަހަލަ އަހުލާގެއް ނެތް ބަޔަކަށް ވުމުން މިކަހަލަ ކަންކަން ދިމާވާނެކަމަ ށެވެ. 

ވެދާނެ އެވެ. އިންޑިއާއަށް ބަދުބަސް ރައްދުކޮށް އެކްސްގައި ޕޯސްޓްކުރި ތިން ޑެޕިއުޓީ މިނިސްޓަރުން ވަޒީފާއިން ވަކިކުރުމަށް ގޮވާލައި ސަރުކާރަށް ޕްރެޝަރު ކުރަމުންދަނިކޮށް، އިއްޔެ އެ ތިން ބޭފުޅުން މަގާމުން ސަސްޕެންޑްކޮށްފި އެވެ. އަދި މިހާރު އެމީހުން ސަސްޕެންޓްގައި ނުބައިތިއްބާ ސަރުކާރުގެ ވަޒީފާއިން ވަކިކުރަން ވެސް ގޮވާ އަޑު ގަދަވެއްޖެ އެވެ.

ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަށާއި އިންޑިއާއަށް ބަދުބަސް ބުނެ ޕޯސްޓު ކުރެއްވުމުން ދިވެހި ފޮރިން މިނިސްޓްރީން ވެސް ވަނީ އެ ބޭފުޅުންގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. 

ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކުރެވޭ ބޭބޭ ފުޅުން "ބާރު" ދައްކާނީ އަވައްޓެރި ގައުމުތަކާއި ނުޖެހި ދިވެހީން ހަލާކު ނުކޮށެވެ. ސިޔާސީ ބޭނުމަށް ކުރަން މަޖުބޫރުވާ ޓްވީޓްތަކުން "ދިވެހީންގެރާއްޖެ" އަށް ގެއްލުން ވިޔަ ދީގެން ނުވާނެ އެވެ. ސިޔާސީ މަގާމުގެ ދިފާއުގައި އުޅެގަންނަ ގޮތަކުން ރާއްޖޭގެ ހުރިހާ ދިވެހިންނަށް ގެއްލުން ލިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ދިވެހިން ބޭސް ފަރުވާ ހޯދުމަށާއި އަދި އެހެނިހެން ޒަރޫރީ ބޭނުމަށް ރާއްޖެ ފިޔަވާ ދެން އެންމެ ބޮޑަށް ބަރޯސާ ވަނީ އިންޑިއާ އަށެވެ. މި ހާލަތުގައި އިންޑިޔާއިން ދިވެހިރާއްޖެ "ބޭން" ކޮށްފިނަމަ ދިވެހިންނަށް ދަތިވުން އެއީ ނުވުމަށް ވުރެ ވުން ގާތް ކަމެކެވެ.

މީގެ އިތުރުން އިންޑިޔާއިން ރާއްޖެ ބޭން ކޮށްފިނަމަ ދިވެހިންނަށް އެންމެ ގިނަ އެހީތަކެއް ފޯރުކޮށްދޭ އެއް ގައުމުން ލިބެމުން އަންނަ އެހީ އެ ހިސާބުން ހުއްޓުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެ ގޮތުން ބޭހާއި ކާނާ އަދި އެހެންނިހެން އެހީތަށް އެންމެ ގިނައިން ލިބެމުން ދަނީ އަވައްޓެރި އިންޑިޔާގެ ފަރާތުންނެވެ. ދިވެހި ރާއްޖެއަށް ކުރިމަތިވާ ކޮންމެކަމެއްގައިވެސް އަވަށްޓެރި އިންޑިޔާއިން ވަނީ އެންމެ އަވަހަށް އެހީތެރިކަމުގެ އަތް ދިއްކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ޑަކްޓަރުން ނަރުހުން ޓީޗަރުން އަދި އެހެންނިހެން މަސައްކަތްތައް ކުރާ މީހުންނަކީ ހަމަ އިންޑިޔާ މީހުންކަން ފާހަގަކޮށްލެވެ. 

ސިޔާސީ މަދު ބަޔަކު ކުރިކަމެއްގެ ސަބަބުން ދިވެހި ހުރިހާ ރައްޔިތުނަށް އެކަމުގެ ގެއްލުން ލިބުން ވެސް އިންސާފެއް ނޫނެވެ. އަދި އަދަބެއް ސަދަބެއްނެތި ސިޔާސީ ގޮތުން ސިޔާސަވެ އަވައްޓެރިންނަށް "ލެޑިގަތުން" ވެސް އެއީ އިންސާފެއް ނޫނެވެ. 

މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވި ފަދައިން އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި އިންޑިއާއަށް ކުޑައިމީސްކޮށް ދެއްކެވި ވާހަކަތަކަކީ ލަދުވެތި އަދި ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ. އަދި އެއީ ހުރިހާ ދިވެހިންގެ ވިސްނުމެއް ވެސް ނުމެ ނޫން މެއެވެ. 

ކުރާ ނުވަތަ ކުރެވިފައިވާ ޓްވީޓަކުން ލިބޭ ނުވަތަ ލިބުނު ވަޒީފާ ހަމަ ޓްވީޓަކުން ގެއްލުމުގެ ފުރުސަތު އޮތްކަން ގަބޫލުކޮށް ރައްކާވެ ތިބުން ބުއްދިވެރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް