ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާންކުރައްވަނީ: ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންފި ފޮޓޯ/ ރަީސް އޮފީސް
ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާ އަށް ވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާ އަށް މިއަދު ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ޗައިނާގެ ޒައެމަން ޖިއޯކައި އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސީޕީސީ ފުޖިއާން ޕްރޮވިންޝިއަލް ކޮމިޓީގެ މެމްބަރު ކުއި ޔޮންހުއި އާއި ސީޕީސީ ޒައެމަން މުނިސިޕަލް ކޮމިޓީގެ ސެކްރެޓަރީ ވަންގް ލިޒިން އާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިންއެވެ.

ރައީސް ޗައިނާއަށް މި ކުރައްވާ ދަތުރަކީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. 

މި ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާއި އެކު ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތައް ބަދަލުކުރާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އޭގެ ތެރޭގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުން، އިޖުތިމާއީ، އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނޭ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. 

މީގެ އިތުރުން ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ބައިވެރިވެ، ޗައިނާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އިންވެސްޓްމަންޓްތަކާއި ވިޔަފާރީގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމުގެ މަގުތައް ހޯއްދަވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ރައީސްގެ މި ދަތުރުފުޅަކީ ފަސް ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވައިލައްވާނީ މި މަހުގެ 12ވަނަ ދުވަހެވެ.

ރައީސް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންވާއިރު، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް މިދިޔަ މަހު ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް