ads
ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު --
އިންޑިއާ ސަފީރު މުނޫ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރަނީ
ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު ރަސްމީ އެކައުންޓުން އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް މަލާމާތްކުރި މައްސަލައިގައި, ކަން ހިނގައިދިޔަ ގޮތް ރާއްޖޭގެ ފަރާތުން އޮޅުން ފިލުވައިދިނުމަށް ޓަކައި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު މިއަދު މެންދުރުފަހު ފޮރިން މިނިސްޓްރީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މުނޫ މަހަވާރު މިނިސްޓްރީއަށް ހާޒިރުކުރަނީ މެންދުރުފަހު 12:00 އަށެވެ.

މުނޫ މަހާވަރު މިއަދު ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އެންގިއިރު، މިއަދު ހެނދުނު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީންވަނީ ނިއުދެލީގައި ހުންނަވާ ދިވެހި ސަފީރު، އިބްރާހިމް ޝަހީބު މިއަދު އެ މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

ދޭދޭ ގައުމުތަކުގައި ގުޅުމަށް ބުރޫއަރާ ފަދަ މައްސަލަތަކާ ގުޅިގެން އޮންނަ ހާރިޖީ ޕްރޮޓޮކޯލްގެ ތެރެއިން ސަފީރުން ހާޒިރު ކުރުމަކީ ހިނގާ ކަމެކެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރީއަށް އިންޑިއާގެ ސަފީރުން ވެސް މީގެ ކުރީން އެތައް ފަހަރަކު ހާޒިރު ކޮށްފައި ވެއެވެ.  

މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ރާއްޖޭން އިންޑިއާގެ ސަފީރުން އެކި މައްސަލަތަކާ ގުޅިގެން ހާޒިރުކޮށްފައިވެ އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު، އޭރު ވެރިކަން ކުރި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އިންޑިއާއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި މައްސަލައިގައި، ރާއްޖޭގައި އޭރު ހުންނެވި އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ފޮރިން މިނިސްޓްރީއަށް ހާޒިރުކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް