ads
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--
ސިޔާސީ ބޭނުމަށް އުފައްދާފައި ހުރި އަންފިޓް ކުންފުނިތައް އުވާލަންޖެހޭ: ޖާބިރު
ސިޔާސީ ބޭނުމަށް އުފައްދާފައި ހުރި އަންފިޓް ކުންފުނިތައް އުވާލަންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރި އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ދިވެހިންނަކީ ހުނަރުވެރިބައެއް ކަމަށާއި، ރާއްޖޭގައި ބޭރުމީހުން ކުރާ މަސައްކަތްތަކަށް ދިވެހިން ނިކުންނަންޖެހޭ ކަމަށެވެ. ޖާބިރު ވިދާޅުވީ ވިޔަފާރިތަކަށް ދަތިވާ ވަގުތު އަންނާނެ ކަމަށާއި، ގައުމުތަކަށް ދަތިވާ ވަގުތުވެސް އަންނާނެ ކަމަށެވެ. އަދި މިހާރު ވެސް މިއޮތީ އެ ހާލަތު އައިސްފައިކަމަށާއި، މިހާރުން މިހާރަށް ސަރުކާރުން ވިޔަފާރިވެރިންނާއި އެކު ކޮންފަރެންސެއް ބާއްވަންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. 

އަދި ރާއްޖޭގައި ހުރި އިންޑަސްޓްރީތަކުގެ އޮޑިޓެއް ހަދަންޖެހޭ ކަމަށާއި، އަދި އެއޮޑިޓްގެ ތެރެއިން އެކި ދާއިރާތައް މެނޭޖް ކުރާނެ ގޮތް ދެނެގަންނަން ޖެހޭކަމަށެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުގެ ބެލުމުގެ ދަށުން ވިޔަފާރިތައް އަލުން އާރާސްތު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. 

"މި އަންނަ ހުރިހާ ގޮންޖެހުންތަކަށް ރާއްޖޭގެ އިގްތިސާދު އޮންނަންވާނީ ތައްޔާރަށޭ. ދިވެހި ރާއްޖޭގެ އުފެއްދުންތެރިކަން އިންނަންވާނީ އިތުރުކުރެވޭނެ ގޮތުގެ މައްޗަށޭ އޮޕަރޭޓް ވާންޖެހޭނީ."

ޖާބިރު ވިދާޅުވީ މިދަނޑިވަޅުގައި ސަރުކާރުގެ ހުރިހާ ކުންފުނިތަކެއް އުވާލަންޖެހޭ ކަމަށެވެ. އެގޮތުން ސިޔާސީ ބޭނުމަށް އުފައްދާފައި ހުރި "އަންފިޓް" ކުންފުނިތަކެއް އެބަހުރި ކަމަށާއި، އެ ކުންފުނިތައް އުވާލަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރު ކުންފުނިތައް މަތިބަރުވެފައިވާ ކަމަށެވެ. 

"އެސްޓީއޯ ވެސް މާ މަތިބަރުވެއްޖެ އޭ. މާ ބޮޑެތި ވެއްޖެއޭ މިކުންފުނިތައް. ބޮޑެތިވީމަ މި ރާއްޖެއަށް އެކަންޏޭ އެސްޓީއޯވެސް މި އޮޕަރޭޓްވަނީ. މި ރާއްޖެ ނޫން އެހެން ގައުމަކާއި އެފިލިއޭޓްވެ މި ރާއްޖެ ނޫން އެހެން ގައުމެއްގެ ވިޔަފާރި ތެރެއަކަށް ވަދެފައެއް ނެތޭ. ބޭންކް އޮފް މޯލްޑިވްސް މި ރާއްޖޭގައި އެކަންޏޭ މި އޮޕަރޭޓްވަނީ. ބޭންކް އޮފް ސިލޯނަށް ބެލިޔަސް ރާއްޖޭގަ ވެސް އެހެރީ ބޭންކް އޮފް ސިލޯންގެ ޔުނިޓެއް."

މީގެ އިތުރުން ޖާބިރު ވިދާޅުވީ ގެއްލުމުގައި ހިންގުމަކީ ވިޔަފާރި ކުރާ އުސޫލެއް ނޫންކަމަށާއި، ގެއްލުމުގައި ހިންގާ ކުންފުނިތައް މިދަނޑިވަޅުގައި އުވާލަންޖެހޭ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް