ads
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
ރައީސް ގެންދަވަނީ ވައުދުތައް ރަނުން ރަނަށް ފުއްދަވަމުން : އަބްދުއްރަހީމް
ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ވައުދުތައް ރަނުން ރަނަށް ފުއްދަވަމުން ކަމަށް ރައީސްގެ ޝްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީން ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.

މި ޖަލްސާގައި އަބްދުއް ރަހީމް ވިދާޅުވެފައިވަނީ ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި މިއަދާ ހަމައަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވައުދުތައް ރަނުން ރަނަށް ފުއްދަވަން ކަމަށާއި އަދި އެގޮތުން މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ، ދައުލަތުގެ ބަޖެޓުގައި ހިމެނި ކަމަށެވެ.  

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެން، ހާއްސަކޮށް މާލެއާ ދޭތެރޭގައި ވަރަށް ފޮނި އުންމީދުތަކެއް ކުރައްވައިގެން. ވަރަށް ރީތި ތަސައްވުރެއް ކުރައްސަވައިގެން. އޭގައި ކުލަ ޖައްސަވަން ބޭނުންފުޅުވެގެން ވަޑައިގެންނެވީ." ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. 

މާލެއަކީ ތަރައްގީވެފައިވާ ތަނަކަށް ހަދަން ޖެހޭ ކަމަށާއި ހަސަދަވެރިކަމާއި ފިތުނަވެރިކަމަށް މާލޭގެ ރައްޔިތުންގެ ޖާގަ ދީގެން ނުވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. 

އަދި މާލޭގެ ރައްޔިތުން ވާން ޖެހޭނީ ފުދުންތެރިކަމަށް އިސްކަން ދޭން ޖެހޭ ބަޔަކަށް ކަމުގައި އޭނާ ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް