ads
އަހަރުގެ ފުރަތަމަ ހަފްތާ: އެންމެ ގިނައީ ރަޝިއާ ފަތުރުވެރިން
ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް 6.7 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 33,807 ފަތުރުވެރިން އައިސްފައިވެ އެވެ. 

މި އަދަދަކީ މިދިޔަ އަހަރު އައި 31,688 ޓޫރިސްޓުންނާ އަޅާބަލާނަމަ 6.7 ޕަސެންޓުގެ އިތުރުވުމެކެވެ. 

ޓޫރިސްޓުން އައި ގައުމު/އަދަދު ތައް:

  1. ރަޝިއާ - 5725

  2. އިޓަލީ - 5156

  3. އިންޑިއާ - 2372

  4. ޔޫކޭ - 2238 

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. ނަމަވެސް މިދުވަސްކޮޅު އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލާ ދަނީ ކެމްޕެއިންނެއް ކުރަމުންނެވެ.

އަހަރުގެ ފުރަތަމަ ހަތް ދުވަހު އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 5,635 ފަތުރުވެރިން އައިސްފައިވާއިރު އެވްރެޖުކޮށް ޓޫރިސްޓުން މަޑުކޮށްފައިވަނީ 8 ދުވަހު އެވެ.  

ރާއްޖެއަށް އެންމެ ކުރިން ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާ މި ވަގުތު އޮތީ ފަތުރުވެރިކަމުގެ މާކެޓްގެ އަށް ވަނައިގަ އެވެ. އެ ގައުމުން 897 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އަލުން، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއްވަނަ ގައުމަށް ހަދައިދިނުމަކީ ރައީސް މުއިއްޒު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.

އެ މަނިކުފާނު މިފަދައިން އެދިވަޑައިގަތީ މިހާރު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް މީގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމު ކަމަށެވެ. ނަމަވެސް ކޮވިޑް19 ބަލިމަޑުކަމާއެކު އަދަދުތައް ދަށްވި ނަމަވެސް އަލުން އެ މަގާމު ޗައިނާއިން ހޯދުމަށް އެދިވަޑައިގަތެވެ.

"ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ އެއްވަނަ މާކެޓު. އެހެންވެ، އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ އަލުން ޗައިނާއަކީ ރާއްޖޭގެ އެއްވަނަ މާކެޓަށް ހެދުން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މިހާރު 176 ރިސޯޓާއި 810 ގެސްޓްހައުސް އާއި 146 ސަފާރީ އުޅަނދު އަދި 15 ހޮޓާ ދަނީ ބޭނުންކުރަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 61،750 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް