ads
ވިޔަފާރިއާއި އިގްތިސާދީ ދާއިރާ އަދި ކުންފުނިތައް ހިންގުމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އާމިނަތު ހަމީދު
އެމްޕީއެލްގެ ޗެއާޕާސަނަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އާމިނަތު ހަމީދު އައްޔަންކޮށްފި އެވެ.

މިއީ އެ ކުންފުނީގެ ޗެއާޕާސަން ގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. 

އާމިނަތު ހަމީދު އަކީ ވިޔަފާރި އާއި އިގްތިސާދީ ދާއިރާގެ އިތުރުން ކުންފުނިތައް ހިންގުމުގެ ދާއިރާގައި ތަޖުރިބާކާރު ބޭކަނބަލެކެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގައި އެކައުންޓިން އެންޑް ފައިނޭންސް އިން ބެޗްލާސް އޮފް އާޓްސް ގެ އިތުރުން އޮސްޓްރޭލިއާގެ ޗާލްސް ސްޓުއާޓް ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން މާކެޓިންގް އިން މާސްޓާސް ވެސް ހާސިލް ކުރައްވާފައިވާ އާމިނަތު ހަމީދު ވަނީ ރީޖަނަލް އެއާޕޯޓްސްގެ އެސިސްޓެންޓް އަންޑާ ސެކްރެޓަރީގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓަރު އަދި ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރައްވާފަ އެވެ. 

އާމިނަތު ހަމީދު ވަނީ ރީޖަނަލް އެއާޕޯޓްސްގެ އެސިސްޓެންޓް އަންޑާ ސެކްރެޓަރީގެ މަގާމާއި އެސިސްޓެންޓް ޑިރެކްޓަރު އަދި ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރައްވާފަ އެވެ.

މީގެ އިތުރުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެންބަރުކަންވެސް އޭނާ ކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް