ads
މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން މާދަމާ ދެނީ
މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދޭނެ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިކަން ހާމަކޮށް މިފަކޯއިން "އެކްސް" ގައި ކުރި ޕޯޯސްޓެއްޓައި ބުނީ، ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފްކޯއިން ވަނީ މަސްވެެރިންގެ ފަރާތުން އެކުނުފުންޏަށް ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ރައީީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް އިރު މަސްވެރިންނަށް ދޭން ޖެހޭ 200 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ކަމުގަ އެވެ.

ނުދެވި އޮތް ބޮޑު އަދަދުގެ ތެރެއިން 136 މިލިއަން ރުފިޔާ މިހާރު މަސްވެރިންނަށް ދީފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް