ads
ކުރިއަށް އޮތް 3 ދުވަސް ވިއްސާރަ ވާނެ ކަމަށް ލަފާކޮށް، ސަމާލުވާން އެދިއްޖެ
ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް، ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން އެދިއްޖެ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.  

އެހެންކަމުން މޫސުމަށް ސަމާލުވާން އެ އިދާރާއިން ވަނީ އެދިފައެވެ. 

މެޓް އޮފީހުން އެންމެ ފަހުން މޫސުން ލަފާކޮށްފައިވާ ގޮތައް ބަލާއިރު މިރެއިން ފެށިގެން މާދަމާ ހެނދުނާއި ޖެހެން ދެން އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެއެވެ.

އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ.

އުތުރާއި އިރު އުތުރުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓު އޮފީހުން ބުނެއެެވެ.

އަދި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.

މެޓު އޮފީހުން ވަނީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް