ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ރައީޝް ޝީ ޖިންޕިން: ދެ ގައުމުގެ ވެރިން ބައްދަލުކުރެއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގައި -- ފޮޓޯ:ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒަށް ރަސްމީކޮށް ޗައިނާގެ ރައީސް ޝީ މަރުހަބާ ދަންނަވައިފި
ޜައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ވެރިރަށް ބެއިޖިން އިން ރަސްމީކޮށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހު ޗައިނާ އަށް ފެއްޓެވި ދަތުރުފުޅުގައި މި ދެ ދުވަސް ރައީސް ހޭދަކުރެއްވީ ފުޖިއާން ޕްރޮވިންސްގަ އެވެ. ނަމަވެސް މިވަގުތު ރައީސް ވަޑައިގެން ހުންނެވީ ބެއިޖިން ގައި އެވެ. 

އެ ސިޓީން ރައީސް ޑރ. މުއިއްޒަށް ރަސްމީ މަރުހަބާ ދެންނެވީ، ޗައިނާގެ ރައީސް ޝީ ޖިންޕިން އެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

your imageޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު: ދެ ބޭފުޅުން މިއަދު ވަނީ ބައްދަލުކުރައްވާފައި - ފޮޓޯ/ ރައީސް އޮފީސް

މިއީ މިދިޔަ ނޮވެމްބަރު 17ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެެވެ. އަދި، މި އަހަރު ބޭރު ގައުމެއްގެ ވެރިއަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ފުރަމަނާ ފަތުރުފުޅު ވެސް މެއެވެ.

ރައީސް މުއިއްޒު މިއަދު ވަޑައިގަތުމުން 21 ބަޑީގެ ސަލާމެއް ވަނީ އަރުވައިފައެވެ. އަދި، ޗައިނާގެ އަސްކަރީ ބޭންޑުން ދެ ގައުމުގެ ގައުމީ ސަލާމް ވަނީ ކުޅެފައެވެ. އެއަށް ފަހުގައި ރައީސް ޝީ ވަނީ ރައީސް މުއިއްޒަށް ޗައިނާގެ އިއްޒަތްތެރިން ތައާރަފުކޮށް އަރުވައިފައެވެ. އަދި، ރައީސް ޝީއަށް ރާއްޖެއިން ވަޑައިގެންނެވި އިއްޒަތްތެރިން ވަނީ ތައާރަފުކޮށްދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް