ads
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ރައީޝް ޝީ ޖިންޕިން: ދިވެހި ސަރުކާރުގެ ވަޒީރުންނާއި އެކު -- ފޮޓޯ:ރައީސް އޮފީސް
ރާއްޖެ އިން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން 20 އެމްއޯޔޫއެއްގައި ދެންމެ ސޮއިކޮށްފި އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގައި ހުރި އިންވެސްޓުމެންޓުތަކުގެ ފުރުސަތުތަކުގެ މައުލޫމާތު ދީ، އިންވެސްޓަރުން ހޯދުމަށް "އިންވެސްޓު މޯލްޑިވްސް"ގެ ނަމުގައި އިއްޔެ ވަނީ ފޯރަމެއް ވެސް ބާއްވައިފަ އެވެ. 

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސްމެ އެވެ.

ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިގުތިސާދީ އަދި ޓެކްނޮލޮޖީ ދާއިރާ އެއްބަސްވުން މިއަދު ދެ ގައުމުން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން:

  • އެކްޝަން ޕްލޭން އޮން ޗައިނާ މޯލްޑިވްސް ކޯޕަރޭޓިވް ޕާޓްނާޝިޕް އެގްރީމަންޓް
  • އެމްއޯޔޫ އޮން އެކްސްޗޭންޖް އޮން ކޯޕަރޭޝަން އޮން އިކޮނޮމިކް ޑިވޮލަޕްމަންޓް ޕޮލިސީ، ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ޑިޖިޓަލް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕް
  • އެމްއޯތޫ އޮން ގްރީން އެންޑް ލޯ ކާބަން ޑިވޮލަޕްމަންޓް އެންޑް އެމްއޯޔޫ އޮން ބްލޫ އިކޮނޮމިކް ކޯޕަރޭޝަން
  • އެމްއޯޔޫ އޮން ޑިޒާސްޓާ ރިސްކު ރިޑަކްޝަން އެންޑް އިންވެންޓްމަންޓް އޮން ގްރީން ޑިވޮލަޕްމަންޓް
  • އެމްއޯޔޫ އޮން ޓެކްނިކަލް ކޯޕަރޭޝަން އެންޑް އެގްޒިޓް އޮފް ޕްލާންޓް އެންޑް އެނިމަލްސް/ އިންވެސްޓްމަންޓް އޮން ޑިޖިޓަލް އިކޮނޮމީ
  • އެމްއޯޔޫ އޮން އެގްރިކަލްކާ ކޯޕަރޭޝަން، އެމްއޯޔޫ އޮން ލެބް އިކުއިޕްމަންޓްސް އެންޑް އެމްއޯޔޫ އޮން ހިއުމަން ރިސޯސް ޑިވޮލަޕްމަންޓް
  • އެމްއޯޔޫ އޮން ޓޫރިޒަމް ކޯޕަރޭޝަން/ ސޯޝަލް ހައުސިން
  • އެމްއޯޔޫ އޮން ނިއުސް ކޯޕަރޭޝަން/ އެކްސްޗޭންޖް އޮފް ލެޓާސް އޮން ކޮކޮނަޓް ޕެސްޓް ކޮންޓްރޯލް
  • އެމްއޯޔޫ އޮން މީޑިއާ ކޯޕަރޭޝަން

އެކަމަކު, އެ އެމްއޯޔޫތަކުގެ ތަފުސީލެއް ދެ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް ޑރ. މުއިއްޒަށް ޗައިނާ އިން މިއަދު އިސްވެ ހޫނު މަރުހަބާއެއް ދެންނެވީ ރައީސް ޝީ އެވެ. ރަތްދޫލައިގެ މަރުހަބާއަކަށް ފަހު ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވެވި އެވެ. ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި ސޮއިކުރީ އޭގެ ފަހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް