ads
ޔުނާން ހައްޔަރުކުރަން އަމުރުކޮށްފި
ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފިލްމީ ތަރި، މުހައްމަދު ޔުނާން ބަންދުން ދޫކޮށްލަން ހުޅުމާލޭ ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، އޭނާ އަލުން ހައްޔަރު ކުރުމާމެދު ގޮތެއް ނިންމުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ޔުނާން ދޫކޮށްލީ ޝަތުރު ކުރުމަށް ފަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި އެ މައްސަލަ ބައްލަވާނީ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދުވަނީ ޔުނާން ދޫކޮށްލަން ނިންމި ނިންމުން ބާތިލުކޮށް، އަލުން އެ މައްސަލައިގައި ގޮތެއް ކަނޑައަޅަން އަމުރުކޮށްފަ އެވެ.

ޔުނާން ދޫކޮށްލާފައިވާއިރު، ޔުނާން އާއެކު އެ މައްސަލަތަކުގައި ހިމެނޭ އޭނާގެ އަންހެނުން، ފާތިމަތު ރިހުލާވެސް ކުރިން ބަންދުން ދޫކޮށްލާފަ އެވެ. ރިހުލާ ބަންދުން ދޫކޮށްލާފައި ވަނީ، ބަލިވެ އިނުމާ ގުޅިގެން މިދިޔަ މާޗު މަސް ތެރޭގަ އެވެ.

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޔުނާންގެ ދެމަފިރިން ހައްޔަރު ކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޔުނާން އާ އޭނާގެ އަންހެނުންގެ މައްޗަށް، ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައިވަރު ދައުވާތައް އުފުލާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް