ads
މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ރީދޫ އެލާޓް
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ރީދޫ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަކަށް ރީދޫ އެލާޓް ނެރެފައެވެ.

އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފަވެއެެވެ.

އަދި އެލާޓް ނެރެފައިވާ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަސް މެޓު އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ވަނީ މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވިއްސާރަވާނެކަމަށް ލަފާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް