ads
ސައްހަނޫން ޑޮލަރުގެ ނޫޓުތަކެއް ދައުރުވާތީ ސަމާލުވާން އެދިއްޖެ
ސައްހަނޫން ޑޮލަރުގެ ނޫޓުތަކެއް ދައުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެވެ.

ފުލުހުން މިއަދު ބުނީ މިހާރަކަށް އައިސް ސައްހަ ނޫން އެމެރިކާ ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ޑޮލަރު މުއާމަލާތްކުރާއިރު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީ، ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ބުނީ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއް ވެސް ފުލުހުންނަށް ހުށަހެޅި ދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

އެގޮތުން، ވަގު ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ

އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް