ads
އުރީދޫގެ ބޮޑެތި ޑޭޓާ އެޑްއޮންތަކެއް މި މަހުގެ ނިޔަލަށް
އުރީދޫއިން އާ އަހަރަށް ތައާރަފް ކުރި 5 ޖީ އެޑްއޮންތައް މި ހިނގާ ޖެނުއަރީ މަސް ނިމެންދެން އެކްޓިވޭޓު ކުރެވޭނެ ކަމަށް އުރީދޫއިން ބުނެފި އެވެ.

އުރީދޫގެ އޮފާތަކުގެ ތެރޭގައި 25 ރުފިޔާއަށް 24 ގަޑިއިރަ 24 ޖީބީ ލިބޭ ޕްލޭނަކާއި 660 ރުފުޔާއަށް އަށް 30 ދުވަހަށް 54 ޖީބީ ލިބޭ އޮފާއަކާއި 750 ރުފިޔާއަށް އަށް 30 ދުވަހަށް 120ޖީބީ ލިބޭ އޮފާއެއްގެ އިތުރުން 1100 ރުފިޔާއަށް އަށް 30 ދުވަހަށް 160 ޖީބީ ޑޭޓާ ލިބޭ އޮފާއެއް ހިމެނެ އެވެ.

އުރީދޫއިން ބުނި ގޮތުގައި އާ އަހަރާ ދިމާކޮށް ތައާރަފްކުރި މި ޕެކޭޖް ތަކަކީ މިހާތަނަށް ތައާރަފްކުރެވުނު އެންމެ ބޮޑު އޮފާތައް ކަމަށެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ނެގޭ މި އެޑްއޮންތަކުން ގޭމު ކުޅުމާއި ސްޓްރީމްކުރުމުގެ އިތުރުން ސޯޝަލް މީޑިއާ ވެސް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

މި ހާއްސަ އެޑްއޮންތައް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް