ads
ނަބާ
އޭޝިއާ ޑިވެލޮޕްމެންޓް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ނަބާއަށް
އުމުރުން އެންމެ 12 އަހަރުގެ ނަބާ ނިޝާން، އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ އޭޝިއާގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ 14 އަހަރުން ދަށުގެ ބައިން ރަން މެޑަލް ހޯދައިފި އެވެ.

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ އޭޝިއާގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށްދަނީ ވިއެޓްނާމްގައެވެ. މި މުބާރާތުގެ ރަން މެޑަލް ނަބާ ހޯދީ، ފައިނަލުގައި ސްރީ ލަންކާގެ އަންނަޔާ ޖޯނީ ނޯބާޓް ބަލިކޮށްގެނެވެ. ނޯބާޓް އަތުން ނަބާ މޮޅުވީ ފަސޭހަކަމާ އެކު، ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 6-1، 6-0 އިންނެވެ.

ނަބާ އާއި ރާއްޖޭގެ މަންހާ މުހައްމަދު އަލީގެ ޕެއާ ވަނީ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި އަންނަޔާ އާއި ވިއެޓްނާމްގެ ބިން ނިހެއިން ތޯ އަތުން ބަލިވެފަ އެވެ.

ނަބާ އާއި މަންހާގެ އިތުރުން، އައިޓީއެފް ޑިވެލޮޕްމަންޓް މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ، މިކާ މުހައްމަދު ކަލީމް އަދި އާދަމް އާލް ނިޔާޒް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް