ads
ރައީސް، ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރަށް ޒިޔާރަތްކުރެއްވުން
ރައީސް، ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރަށް ޒިޔާރަތްކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު، ޗައިނާގެ ބެއިޖިންގގައި ހުންނަ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރު (އެން.އެސް.އެމް.ސީ) އަށް ޒިޔާރަތް ކުރައްވައިފި އެވެ.

އެން.އެސް.އެމް.ސީ އަށް ޒިޔާރަތްކުރެއްވުމުން ރައީސްއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އެތަނުގެ ފަރާތުން ހޫނު މަރުހަބާއެއް ދެންނެވި އެވެ. 

އަދި އެ ސެންޓަރުގެ މުހިންމު މަސައްކަތްތަކާއި، ޚާއްޞަ ކާމިޔާބީތައް ހިމެނޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ރައީސާ މައުލޫމާތު ހިއްސާކުރެއްވި އެވެ. މީގެ އިތުރުން ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެސެންޓަރުގެ އިސްވެރިން ފާޅުކުރެއްވި އެވެ.



ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. 

މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް