ads
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި
ގެތަކަށް ފެނުގެ އަސަރުކޮށްގެން އެހީއަށް ދަނީ އެދެމުން: އެންޑީއެމްއޭ
ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި ގެތަކަށް ފެނުގެ އަސަރުކޮށްގެން އެހީއަށް އެދިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މިއަދު ކުރި ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ މާލޭގެ ގެތަކަށް ކަމަށެވެ. އަދި މާލެ ނޫން އިތުރު ހަތަރު ރަށެއްގައި ފެންބޮޑުވެފައިވާ ކަން އެ އޮތީރިޓީން ފާހަގަކުރެ އެވެ.

މާލޭގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވެފައިވާކަމަށާއި އަދި އެއީ ތ. ގުރައިދޫ, ދިޔަމިގިލި, ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.

އެންޑީއެމްއޭއިން ބުނީ އޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ މާލޭގެ ގެތަކަށް ކަމަށެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ބުނެފައިވަނީ މިއަދުގެ ވިއްސާރާގައި 144 ގެއަކުން އެހީއަށް އެދި ގުޅާފައިވާ ކަމަށާއި އަދި މިހާތަނަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ. އޭގެތޭރޭގައި 91 ގެއެއްގައި ވެލި ބަސްތާ ޖެއްސުންވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

މާލޭ ސަރަހައްދަށް މިއަދު ކުރާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް ސިފައިން މިހާރު އަންނަނީ ކުރަމުންނެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ފުދޭ ވަރަކަށް ގޯހެވެ. ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް ދަތުރު ކުރާތީ، ތިން ވަރަކަށް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މިދިޔަ އަންގާރަ ދުވަހު މެޓު އޮފީހުން ވެސް ބުނެފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް