ads
މަސްތުވެގެން ހުރެ ކޮފީފުޅިއެއް ވަގަށް ނަގައިފި
މަސްތުވެގެން ހުރެ، ކޮފީ ފުޅިއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވެގެން ހުރެ، ކޮފީ ފުޅިއެއް ވަގަށް ނަގައިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. މާލޭން ދެކުނުގެ ރަށަކަށް ނިސްބަތްވާ މި މީހާއަކީ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. 

މި މީހާގެ މައްޗަށް ފުލުހުން ކުރަނީ ވައްކަމުގެ ތުހުމަތެވެ. ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ. 

ބަންދު މަޖިލީހުގައި އެ މީހާވަނީ މަސްތުވެގެން ހުރެ ކޮފީ ފުޅިއެއް ވަގަށް ނެގި ކަމަށް އެއްބަސްވެފައެވެ. އަދި ވަކީލެއް ބޭނުންނުވާ ކަމަށްވެސް އޭނާ ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް