ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ވީއައިއޭގައި
މުސްތަގުބަލުގައި ފެންވަރު ރަނގަޅު ގައުމުތަކުން އާސަންދަ ލިބޭނެ: ރައީސް
މުސްތަގުބަލުގައި ފެންވަރު ރަނގަޅު ގައުމުތަކުން އާސަންދައިގެ ހިދުމަތް ލިބޭނެ މަގު ފަހި ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، އާސަންދަ އަކީ ހަމައެކަނި ވަކި ގައުމަކުން ލިބޭ ހިދުމަތެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކުން ވެސް އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"އާސަންދައަކީ ވަކި ގައުމަކުން ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީއަށާ ތައިލެންޑްއަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު ގައުމުތަކުން އާސަންދައިގެ ހިދުމަތްތައް ހަމަޖެހުމާއެކު، ރާއްޖޭގެ ސިއްހީ ވަސީލަތްތައް ތަރައްގީ ވުމާ ހަމަޔަށް ދިވެހިން ބޭސްފަރުވާއަށް ދާނީ ދުބާއީއާއި ބެންކޮކް ފަދަ ތަންތަނުގެ ހޮސްޕިޓަލް ތަކަށް ކަމަށެވެ. 

މީގެއިތުރުން ބޭސް ފަރުވާއަށް އެ ގައުމަކަށް ގޮސް ހުރުމުގެ ހަރަދު ވެސް އާސަންދައިގެ ދަށުން ހިމަނައިގެން އެ ހިދުމަތް ފުޅާ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އާސަންދައިގެ ހިދުމަތް މިވަގުތު ލިބޭ ބޭރު ގައުމުތަކަކީ ހަމައެކަނި އިންޑިއާ އާއި ސްރީލަންކާ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް