ads
ރާއްޖޭގެ އެއްވެސް ވެރިއަކު މިފަދަ ކާމިޔާބު ދަތުރެއް ނުކުރައްވާ: ގާސިމް
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަަތުރުފުޅުހާ ކާމިޔާބު ދަތުރުފުޅެއް، ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު މިހާތަނަށް ކުރައްވާފައިނުވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

 ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު މިއަދު މާލޭ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެ ގާސިމް "އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދަތުރުފުޅުގައި ތެރެއިން ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ބޮޑެތި ލުއި ތަކެއް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރު ދިވެހީންނަށް ދެއްވީތީ ނުހަނު އުފާކުރާ ކަމަށެވެ. 

ދިވެހިރާއްޖެ އަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރިކަމަށާއި މިނިވަންކަމަށް، ފުރިހަމައަށް އިޙްތިރާމުކުރާކަމަށް ރައީސް ވިދާޅުވުމުން ގާސިމް ވަނީ އެކަމަށް ތައުރީފުކުރައްވާފައެވެ.

 މިދަތުރުފުޅުގައި ޗައިނާއާއެކު ސޮއިކުރެވިގެން ދިޔަ އެއްބަސްވުންތަކުގެ ސަބަބުން ގައުމަށް ނުހަނު ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ދެކޭކަމަށް ގާސިމް ވިދާޅުވިއެވެ. 

"‏އަދި މިދަތުރު ފުޅުގައި ޗައިނާއިން ދިވެހިރާއްޖޭގެ ރައީސް އަށް ކިޔުއްވާފައިވާ މަރުޙަބާަ އަކީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކަށް ޗައިނާގައި އަރިސްކޮށްފައިވާ އެންމެ ހޫނު މަރުހަބާ ކަމުގައި ވެސް އަޅުގަނޑު ފާހަގަކުރަމެވެ". 

"‏އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައި ނުވެއެވެ." ގާސިމް ވިދާޅުވި އެވެ.

  މިކާމިޔާބު ދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް ރައީސް މުއިއްޒު ހޯއްދަވައިދެއްވި އެހީތެރިކަމާއި، ގައުމަށް ލިބިގެން ދިޔަ ކުރިއެރުންތަކަށްޓަކައި، ގާސިމް ވަނީ އަމިއްލަފުޅު ނަމުގައި އާއި ޖޭޕީގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް