ads
ރައީސް. ހެލްތް މިނިސްޓަރ ހަލީލަށް ސަލާމް ކުރައްވަނީ
އެއާ އެމްބިއުލާންސްއިން ތައިލެންޑާ ހަމައަށް ބަލިމީހުން އުފުލޭނެ: ރައީސް
ރިޔާސީ ވައުދުފުޅާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމުން ކުއްލި ހާލަތުގައި ރާއްޖެއިން ބޭރަށް އުފުލަންޖެހޭ ބަލިމީހުން ތައިލެންޑާ ހަމައަށް ގެންދެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށަނީ އައިލެންޑް އޭވިއޭޝަންގައި މިހާރު ބޭނުންކުރާ ޑޭޝް 8 އެމްބިއުލާންސަކަށް ބދަލުކޮށްގެންނެވެ. އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ އިން އެތައް ފައިދާއެއް އެބަވޭ. އެންމެ އުތުރުން ނޫނީ އެންމެ ދެކުނުން މާލެ އަށް ކުޑައިރުކޮޅަކުން އާދެވުމުގެ އިތުރަށް، ކުއްލިއަކަށް ރާއްޖެ އިން ބޭރަށް ތައިލެންޑާ ހަމަޔަށް ގެންދަންވިޔަސ،ް އެ ޑޭޝް 8 ގައި ދާނެ. އެއާ އެމްބިއުލެންސްގައި ދާނީ އެހެންވީމ،ާ" ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުރުފުޅަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން ދެއްވި މީޑިއާ ސްޓޭޓްމަންޓުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައިވަނީ އަންނަ މާޗު މަހުގައި އެއާ އެމްބިއުލާންސް ޚިދުމަތް ފެށުމަށް މިހާރު ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެ ހިދުމަތް މާޗުގައި ފެށުމަށްފަހު ބަލިމީހުން ރަށްރަށުން މާލެއަށް ގެނައުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި އޮޕަރޭޓުކުރާ އުޅަނދުފަހަރު ބޭނުންކުރުން އެކީ ހުއްޓައިލެވޭނެ އެވެ. 

އެ މަނިކުފާނު އިއްޔެ ވިދާޅުވީ، ރާއްޖޭގެ 9 ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ދިވެހިންނަށް އަމިއްލަ އަށް ސަވައިލަންސްގެ ނިޒާމުން ބެލެހެއްޓޭނެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ވަނީ ފަށާފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ.

އެގޮތުން، ޔޫއޭއީއާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތާގައި އަޅުގަނޑުމެންގެ އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީއަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އަމާޒަކީ އެ ތަންތަނަށް ދަތުރުކުރާއިރު ހުރުމަށްދާ ހަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުކުރުން ކަމަށެވެ.

"މި ގައުމުގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެން ދާނީ މިހާރު އެ ދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް. އެކަމަޑޭޝަން އެކްސްޕެންސަސް ލިބިގެން އާސަންދައިން ކަވަރުވެގެން،" ރައީސް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް