ads
އިންޓަ މިޔާމީގެ ޕްރެކްޓިހުގައި މެސީއާ ސުއަރޭޒް
މެސީއާއެކު ސުއަރޭޒް ޕްރެކްޓިސް ކުރަން ފަށައިފި
އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެމެރިކާގެ އިންޓަމިޔާމީއަށް ބަދަލުވި، މެސީގެ ޒަމާންވީ އެކުވެރިޔާ ލުއި ސުއަރޭޒް އިންޓަ މިޔާމީގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފިއެވެ.

މެސީގެ އެދުމުގެ މަތިން އިންޓަމިޔާމީއަށް މި ބަދަލުވި ސުއަރޭޒް އެ ކްލަބުގެ ޕްރެކްޓުގައި ބައިވެރިވާން ފެށީ ހޮނިހިރު ދުވަހުއެވެ. ފުރަތަމަ ޕްރެކްޓިހުގައި ސުއަރޭޒްގެ ޒަމާންވީ އެކުވެރިޔާ އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މެސީވެސް ބައިވެރިވިއެވެ.

ސުއަރޭޒް ވަނީ 2014 އިން 2020 އަށް ކެމްޕް ނޯގައި މެސީއާއެކު ހަ ސީޒަން ކުޅެފައެވެ. އެ މުއްދަތުގައި ސްޕެނިޝް ލަލީގާގެ ހަތަރު ތަށި އަދި 2015 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ.

ކުރިން ލިވަޕޫލާއި އެތުލެޓިކޯ މެޑްރިޑް އަދި އަޔަކްސް އަށް ވެސް ކުޅުނު ސުއަރޭޒް ބުނީ އިންޓަ މިއާމީއާ އެކު ވެސް ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ. ޔޫރަޕުގައި ކުޅުމަށް ފަހު ސުއަރޭޒްވަނީ ބްރެޒިލްގައިވެސް ކުޅެ. ބްރެޒިލް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް