ads
ޓޯކުރި ސައިކަލެއް ގެއްލިގެން ފުލުހުންގެ މައްޗަށް ހުކުމެއް
ފުލުހުން ޓޯ ކުރި ސައިކަލެއް "ގެއްލިގެން" ސައިކަލުގެ ވެރި ފަރާތަށް ސައިކަލުގެ އަގު ދައްކަން ފުލުހުންގެ މައްޗަށް ހުކުމެއް ކޮށްފި އެވެ.

މިއީ 2022 ވަނަ އަހަރު ހުޅުމާލޭ ފޭސް ޓޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ޓޯ ކުރި ސައިކަލެއް ފުލުުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު މައްސަލަ އެވެ. 

މި ސައިކަލު، 15 ދުވަހަށް ފުލުހުން ޓޯ ކުރީ، އެކްސިޑޭންޓްވީއިރު ސައިކަލު ދުއްވަން އިން މީހާ އަތުގައި ލައިސެންސް ނެތުމުންނެވެ. ޓޯ ކުރި 15 ދުވަސް ހަމަ ވެގެން ސައިކަލް ހޯދަން އެ މީހާ ފުލުހުންގެ ޓޯ ޔާޑަށް ދިޔައިރު ސައިކަލު ގެއްލިފައިވުމުން އެ މީހާ ފުލުހުންނާ ދެކޮޅަށް ދައުވާ ކުރީއެވެ. 

މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ފުލުހުންނަށް "އޮޅިގެން" އެ ސައިކަލުވަނީ ނައްތާލެވިފަ އެވެ. އެއީ ޖީއެން ސައިކަލެކެވެ. ސައިކަލު ނައްތާލެވުނީ ފުލުހުންގެ އިހުމާލުން ކަމަށް ފުލުހުން އިއުތިރާފުވެފައިވެ އެވެ. 

މި މައްސަލަައިގައި މިއަދު ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ސައިކަލުގެ އަގަށްވާ، 57،900 ރުފިޔާ އަދި ލޯޔަރު ފީގެ ގޮތުގައި 25،000 ރުފިޔާ ނަގައިދިނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް