ads
ވައި ނުސާފުވެ ދުރު ފެންނަވަރު ދަށްވެފައި
މެދުރާއްޖެ ތެރޭގައި ވައި ނުސާފު، ހަމަލޮލަށް ދުރު ފެންނަވަރު ދަށް
މިދުވަސްވަރު އުތުރާ މެދު ރާއްޖެތެރޭގެ ވައި ނުސާފުވެ ހަމަލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ އުތުރާ މެދު ރާއްޖެތެރޭގެ ވައި ނުސާފުވެފައިވަނީ މިދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުންކަމަށެވެ. މި ސަބަބާއި ހުރެ އެ ސަރަހައްދުގައި ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ނުސާފުވެފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ސާފު ދުވަހެއްގައި 10 ކިލޯ މީޓަރަށް  ވުރެ ދުރު އާއްމުކޮށް ހަމަލޮލަށް ފެނުނުނަމަވެސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މި އަދަދު 5 ކިލޯމީޓަރަށް ދަށްވެފައިވާކަމަށެވެ. އަދި އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ މެދު ރާއްޖެތެރޭގައި ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރު މިން އަދި ވިައްސާރަވުން މުހިއްމު ދައުރެއް އަދާކުރާކަމަށް މެޓް އޮފީހުން ބުނެއެވެ.  

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މި ހިނގާ ޖެނުއަރީމަހު ގިނަ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވާނެކަމަށް ބެލެވޭކަަށެވެ. އަދި މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައިވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. 

މި އަހަރު ރާއްޖެއަށް ފެށުނީ ވަރަށް ވިއްސާރަވެ މޫސުން ގޯސްކޮށެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ދުވަހު ހުއްޓާ ނުލާ ރާއްޖޭގެ އެކި ހިސާބުތަަކަށް ބޯކޮށް ވަނީ ވާރޭވެހިފައެވެ. އެދުވަހު ކުރި ވިއްސާރާގައި މާލޭ ސަރަހައްދަށް ރެކޯޑް މިންވަރަކަށް ވަނީ ވަރޭވެހިފައެވެ. އެންމެ ގިނައިން ވާރޭ ވެހުނު ހުޅުލެއަށް 179.7 މިލިމީޓަރުގެ ވާރޭވެހި ވައިގެ ދަތުރު ފަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ. އެދުވަހު ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ވެރިރަށް މާލެއަށެވެ. މާލެއަށް 118.2 މިލި މީޓަރުގެ ވާރޭވަނީ ވެހިފައެވެ. މާލޭގައި ފެންބޮޑުވެ ބައެއް ގެތަކާއި ފިހާރަތަކަށް ގެއްލުންތައްތެއްވެސް ވަނީ ލިބިފައެވެ. 

އޭރު ކުރި ވިއްސާރާގައި 9 ރަށަކުން 103 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. ގެއްލުން ލިބުނު 90 ގެއަަކަށް 4 ލައްކަ ރުފިޔާ ބަހަން ޑިޒާސްޓަރ މެނޭޖެމަންޓް އޮތޯރިޓީން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް