ads
އައިސީޖޭ ބޭރުގައި އިޒްރޭލާއި ދެކޮޅަށް މީހުން އަޑު އުފުލަނީ-
ދެކުނު އެފްރިކާއިން އެމެރިކާ އާއި އިނގިރޭސި ވިލާތާއި ދެކޮޅަށް ވެސް ދައުވާކުރަނީ
އިޒްރޭލުން ގައްޒާގައި ހިންގާ ގަތުލުއާމަށް އެހީވާތީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި ދެކޮޅަށް ދައުވާ ކުރުމަށް ދެކުނު އެފްރިކާއިން ނިންމައިފި އެވެ.

މިދިޔަ ހަފްތާތަކުގެ ތެރޭގައި ދެކުނު އެފްރިކާގެ ގާނޫނީ ވަކީލުން ވަނީ ގައްޒާގައި ހިންގަމުންދާ ގަތުލުއާމާއި ގުޅިގެން އެކަމުގެ ޝާމިލްވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ދައުވާކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން މިދިޔަ ހަފްތާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް އިޒްރޭލާއި ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

"އެމެރިކާއިން ކުރިއަށްގެންދާ ޖަރީމާތަކަށް މިހާރު ޖަވާބުދާރީވާން ޖެހޭ. އިޒްރޭލަށް ފައިސާއާއި އިތުރު ވަސީލަތްތައް ދީ އެ ޖަރީމާ ހިންގަން އެހީވުމުގައި އެމެރިިކާ ބުރަކޮށް އުޅޭ.. އެއްވެސް މީހަކު ނުބުނޭ ހުއްޓާލާ، މިހާރު ހުއްޓާލަން ވެއްޖެއޭ"... ވަކީލާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެ އެވެ.

އިޒްރޭލާއި ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭގެ ކުރިއަށްގެންދާ މައްސަލައިގައި އެގައުމުގެ 50 ވަކީލުން ބައިވެރިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް