ads
އިސްރަށްވެހިންނަށް ހާއްސަ ކްލިނިިކެއް ހުޅުވައިފި
އިސްރަށްވެހިންނަށް ހާއްސަ ކްލިނިކަކާއި އެފަރާތްތަކުން ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ހިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

އެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.

އެ ހިދުމަތް އިފްތިތާހު ކުރެއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. ހަލީލު ވިދާޅުވީ އިސްރަށްވެހީންނަށް ހާއްސަކޮށް ސިއްޙީ ހިދުމަތް ފޯރުކޮށްދޭ ކްލިނިކަކާއި ގޭގައި ތިބެގެން މެމޯ ހެއްދޭނެ މަގުފަހިވެގެން ދިއުމަކީ ޒަމާންތަކެއް ވަންދެން އެފަރާތްތަކުން ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ. 

މިނިސްޓަރު މިކްލިނިކުން އުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ސިއްހީ ހިދުމަތް ދިނުން ކުރިއަށް ގެންދަވާނެކަމަށެވެ.

އައިޖީއެމްއެޗުގައި ފެށި މިކްލިނިކްގެ ހިދުމަތް، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރެއްވުމަކީ ރައީސް މުހިންމު ވަޢުދުފުޅެއް ކަމަށް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ރައީސް ކަނޑައަޅުއްވާ ގޮތެއްގެ މަތިން ހެލްތު މިނިސްޓްރީން ކުރިއަށް ގެންދަވާނެކަމަށެވެ.

 އަދި މިހިދުމަތް ފުޅާކުރެއްވުމުގެ ގޮތުން އަވަށްޓެރި އެހެން ގައުމުތަކާއި ވާހަކަދައްކަވަމުން އަންނަކަމަށް ހަލީލް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގެ ބޭފުޅުންނާއި މިދާއިރާއިން ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. 

ހަމައެއާއެކު ރާއްޖޭގައި ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކާއެކުވެސް މި ޚިދުމަތަކާއި ގުޅޭ ޢިލްމު ފޯރުކޮށްދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް