ads
ސަބުދެލި މަގު އަލުން ހުޅުވާލައިފި
ގިނަ އަހަރުތަކަކަށް ފަހު ސަބުދެލި މަގު އަލުން ހުޅުވާލައިފި އެވެ.

މީގެ ހަ އަހަރުގެ ކުރިން ހައުސިން ޕްރެޖްޓެއް ހިންގުމަށް އެ މަގު ހިމެނޭހެން އެ ސަރަހައްދު ވަނީ ބަންދުކުރެވިފައެވެ.

ނަމަވެސް ފަހުން އެ ޕްރޮޖެކްޓް ހުޅުމާލޭއަށް ބަދަލުކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ބޭނުމެއް ނުކުރެއެވެ.

ކަނބާއައިސަރަނި ހިނގުމާއި ބޮޑުތަކުރުފާނު މަގާއި ގުޅޭގޮތަށް އޮންނަ އެ މަގު ހުޅުވަން ސަރުކާރުން ނިންމީ އަމީނީ މަގު ތަރައްގީ ކުރުމަށް ބަންދުކުރަން ޖެހުމުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯގެ ބާރު ކުޑަކުރުމަށެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އަމީނީ މަގު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް މުޅިން ނިމި އެ މަގު ވަނީ ހުޅުވާލައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް