ads
"ގެލެކްސީ އަންޕެކްޑް" ދެއްކުމަށް އުރީދޫގެ ވޮޗް ޕާޓީއެއް މިރޭ ސީ ހައުސްގައި
އަލަށް ނެރުމަށް ހަމަޖެހިފައިވާ ސެމްސަންގްގެ އުފެއްދުންތައް ދައްކާލަން ބާއްވާ "ގެލެކްސީ އަންޕެކްޑް" އިވެންޓް، ސީ ހައުސް ކެފޭގައި ބެލާލެވޭނެހެން ވޮޗް ޕާޓީ އެއް ބޭއްވުމަށް އުރީދޫން ނިންމައިފި އެވެ.

އާންމުންނަށް ހުޅުވާލައިގެން ސީ ހައުސްގައި މިރޭ 21:30 ގައި ފަށާ މި އިވެންޓް ކުރިއަށްދާނީ، "ފުލް ސާކަލް" ބޭންޑުގެ ލައިވް މިއުޒިކާ އެކުގައި ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.

މި ވޮޗް ޕާޓީގައި ބައިވެރިވާ ބެލުންތެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް ނަސީބުވެރިއަކަށް ސެމްސަންގްގެ "ގެލެކްސީ ބަޑްސް 2" ހަދިޔާކުރާނެ ކަމަށް އުރީދޫން ބުނެއެވެ.

ބެލެވޭ ގޮތުގައި ސެމްސަންގްގެ "ގެލެކްސީ އޭއައި" މިރޭގެ ގެލެކްސީ އަންޕެކްޑް އިވެންޓްގައި ތައާރަފު ކުރާނެއެވެ.

ގެލެކްސީ އަންޕެކްޑް އިވެންޓަކީ، ސެމްސަންގްއިން ދުނިޔޭގެ ބާޒާރަށް ނެރޭ އާ އުފެއްދުން ތަކާއި ހިދުމަތްތައް ދައްކާލުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިވެންޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް