ads
މަސްއޮޑި ޓީމުގެ ބައެއް ކުޅުންތެރިން
މަސްއޮޑި ޓީމު ކުއާޓާއަށް
ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލުން މަސްއޮޑި ސްޕޯޓްސް ޖާގަ ކަށަވަރުކޮށްފިއެވެ.

މަސްއޮޑި ކުއާޓާއިން ފުރުސަތު ޔަގީންކުރީ، ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ.

ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މަސްއޮޑި މޮޅުވީ ތަފާތު ބޮޑު ކޮށެވެ. އަންގާރަ ދުވަހު ހަވީރު ކުޅުނު ތިންވަނަ މެޗުގައި މަސްއޮޑި މޮޅުވީ ޖޭޖޭ ސްޕޯރޓްސް ކްލަބާ ވާދަކޮށެވެ. ޖޭޖޭ އަތުން މަސްއޮޑި މޮޅުވީ ހަ ލަނޑު ސުން ލަނޑުންނެވެ. މަސްއޮޑި ވަނީ ފުރަތަމަ މެޗުގައި 4-0 ން މަހިބަދޫ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި އެލްޓީ ސްޕޯރޓްސް ކްލަބް ބަލިކުރީ ވެސް އެ ނަތީޖާއިންނެވެ.

މަސްއޮޑިއަކީ ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން ރަނގަޅު ސްކޮޑަކާއެކު ދެވަނަ ޑިވިޝަނަށް ދުރާލާ ސީރިއަސްކޮށް ތައްޔާރުވާން ފެށި ޓީމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް