ads
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް
މިއަހަރުގެ ކުރިންް އެތެރެވި ބިދޭސީން މެޑިކަލް ހުށައަޅަން އިތުރު މުއްދަތެއް
މިއަހަރު ފެށުމުގެ ކުރިން ރާއްޖެ އެތެރެވެފައިވާ ބިދޭސީ މަސައްކަތް ތެރިންގެ ވޯކް ޕާމިޓް ހުށައަޅަން ދިން މުއްދަތު ސަރުކާރުން އިތުރުކޮށްދީފިއެވެ.

ރާއްޖޭއިން ނައްތާލާފައިވާ ބަލިތައް ބިދޭސީންގެ ފަރާތުން ފެންނާތީ މެޑިކަލް ނަހައްދާ ތިބި ބިދޭސީން 6 މަސްދަުވަހުގެ ތެރޭގައި މެޑިކަލް ހަދަން ސަރުކާރުން އެންގިއެވެ. އަދި މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ވާކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވާކް ޕާމިޓް ދޫކުރާނީ ނުތަތަ ޕާމިޓްގެ މުއްދަތު އިތުރުކޮށްދޭނީ މެޑިކަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ "ވާކް ޕާމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމުން  ހުށަހެޅުމުންކަމަށްް ދާހިލީ ވުޒާރާ ކަނޑައެޅިއެވެ.  

އެ ވުޒާރާއިން ސަރުކާރުގެ މި ނިންމުމުގެ ސަބަބުންް ވަޒީފާ ދޭ ފަރާތްތަކަށް އެއް ފަހަރާ ގިނަ ބިދޭސީންތަކެއް ވާކް ޕާމިޓް މެޑިކަލް ހެއްދުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން ބިދޭސީންގެ ވާކް ޕާމިޓް ހުށައެޅުމަކާއި ނުލާ އަންނަ ޖުލައި މަހުގެ 4 ގެ ނިޔަލަށް ޕާމިޓް ފީ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށެވެ. 

ރާއްޖެ އައުމަށްފަހު މެޑިކަލް ޗެކްއަޕް ހެދުމަށް ބިދޭސީންނަށް މިހާރު ދީފައިވާ 30 ދުވަހުގެ މުއްދަތު 15 ދުވަހަށް ކުޑަ ކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އަދި ހާއްސަކޮށް ބަލިތައް ފެތުރޭ ސަރަހައްދުތަކުން އަންނަ ބިދޭސީން ވިސާގެ މުއްދަތު އިތުރުކުރާނަމަވެސް މެޑިކަލް ހަދަންޖެހޭ ގޮތަށް މިދިޔަ މަހުގެ 25 ވަނަދުވަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ. 

ރާއްޖއިން ނައްތާލެވިފައިވާ ފައިލޭރިއާގެ ބަލީ ޖެހިފައިވާ ބިދޭސީންތަކެއް ދާދީ ފަހުން ވަނީ ރާއްޖެއިން ފެނިފައެވެ. 25 މީގެއްގެ ގައިން މި ބަލި ފެނިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް