ads
"ކުށް ކުރާ ބިދޭސީން ވަގުތުން ޑީޕޯޓް ކުރާނަން"
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ކުށް ތަކަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓް ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލަތަކާ ގުޅޭ ހުރިހާ އެޖެންސީއެއް މިހާރު އެއް މިނިސްޓްރީއެއްގެ ދަށަށް ގެނެސް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓް ކުރުމުގެ މަސައްކަތުގައި 60 އަށް ވުރެ ގިިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުށްތަކަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބިދޭސީން ގެނެވޭ މެކޭނިޒަމް ހަރުދަނާ ކުރާނެ ކަމަށެވެ. އަދި ބިދޭސީންގެ ގިނަ ބަޔަކު ރާއްޖޭގައި ހާލުގައި ޖެހިފައި އެބަތިބި ކަމަށާއި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކުރިއަށް އޮތް ތަނުގައި ވޮލެންޓަރީކޮށް ރާއްޖެ ދޫކޮށް ދިއުމަށް ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ކައުންސިލްތަކާއި ފުލުހުންނާއި ގުޅިގެން ރާއްޖޭގައި ތިބި ބިދޭސީންގެ ފިންގަ ޕްރިންޓް ދެނެގަތުމަށްޓަކައ، އެ ކަމަށް ބޭނުންވާ ސޮފްޓްވެއާ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް