ads
ހަނގުރާމައަށް ފަހު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާއި ދެކޮޅު: ނަތަންޔާހޫ
ގައްޒާގައި ކުރަމުން އަންނަ ހަނގުރާމައަށް ފަހު، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާއި ދެކޮޅު ހަދާނެކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

ނަތަންޔާހޫ މިހެން ބުނެފައިވަނީ އެމެރިކާގެ އޮފިޝަލުން ހަނގުރާމައަށް ފަހު ފަލަސްތީނުގެ ވަކި ދައުލަތެއް އުފައްދައި، އިޒްރޭލާއި އަރަބި ގައުމުތަކާއި ގުޅުން ގާއިމްކުރާނެކަމުގެ ރޯޑް މެޕެއް އޮތްކަމަށް ބުނަމުން އަންނަނިކޮށެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލުކޮށް ނަތަންޔާހޫ ބުނީ ފަލަަސްތީނޔގެ ދައުލަތެއް އުފެއްދުމާއި ދެކޮޅު ހަދާނެކަމަށެވެ.

"މުސްތަގްބަލުގައި ރާވަންޖެހޭ ހުރިހާކަމެއްގަައި… އިޒްރޭލުން ހުޅަނގު އުރުދުންގެ ހުރިހާ ސަރަހައްދެއް ކޮންޓްރޯލް ކުރަންޖެހޭ." ނަތަންޔާހޫ ބުނެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ހަމަލާދިން ފަހުން އިޒްރޭލުން އަންނަނީ ގައްޒާއަށް އެއްގަމު މަގުންނާއި ވައިގެ މަގުން ވަރުގަދަ ހަމަލާތައް ދެމުންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގައްޒާގެ އާބާދީގެ ބޮޑުބައެއް ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.

މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ގައްޒާގެ 24،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ތިން ބައިކުޅަ އެެއްބައި މީހުންނަކީ ކުޑަކުދިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް