ads
އަލީ ޝަރީފް(ކ) މުހައްމަދު ޝިހާބް(ވ)
ހައްޖު ކޯޕަރޭޝަނަށް ދެ ޑީއެމްޑީން އައްޔަންކޮށްފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅުން އައްޔަން ކޮށްފި އެވެ.

އެ މަގާމަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ ޝެއިހް އަލީ ޝަރީފާއި މުހައްމަދު ޝިހާބެވެ.

ޝިހާބަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އެވެ. ޝެެއިހް އަލީ ޝަރީފަކީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ އިސް މަގާމެއް ފުރުއްވި ބޭފުޅެކެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ މެމްބަރު މުހައްމަދު ޝަކީލެވެ.

2013 ވަނަ އަހަރު އުފެއްދި ހައްޖު ކޯޕަރޭޝަނަކީ މިހާރު ދިވެހިން ހައްޖާއި އުމްރާ އަށް ގެންދިއުމަށް ހާއްސަކޮށްފައި އޮންނަ ކުންފުންޏެކެވެ. މި އަހަރު ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާ އެއްކޮށް، ހައްޖު ކޯޕަރޭޝަނަށް ދޭން ވަނީ ނިންމައިފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް