ads
މަޖާކޮށްލަން ވުޒާރާއިން ޒުވާނުންނަށް މިރޭ ކަރޯކޭ ބާއްވާދެނީ
ޒުވާނުންނަށް ހާއްސަކޮށްގެން ޒުވާނުންގެ ވުޒާރާއިން މިރޭ ކަރޯކޭ ނައިޓެއް ބޭއްވުމަށް ނިންމައިފިއެވެ.

ޒުވާނުންގެ ވުޒާރާެއިން ބުނީ މި ކަރޯކޭ ނައިޓް ބާއްވަނީ ޒުވާނުން އެކުވެލާ މަޖާކޮށްލުމަށްކަމަށެވެ.

އެ ވުޒާރާއިން ބުނީ މި ކަރޯކޭ ނައިޓް އޮންނާނީ މިރޭ ސޯޝަލް ސެންޓަރ ހަރުގޭގައިކަމަށެވެ. ބޭނުން ޒުވާނަކަށް ވަދެ މަޖާކޮށްލާ ލަވަކިޔާލަން ބާއްވާ މި ކަރޯކޭ ނައިޓް އޮންނާނީ މިރޭ 20:00 - 23:00 އަށެވެ. 

މިއަހަރުގެ އައު އަހަރު ފެށުންވެސް ކުލަގަދަކޮށް ބާއްވަން ޒުވާނުންގެ ވުޒާރާއިން ނިންމިއެވެ. އެހެންނަމަވެސް އެދުވަހު މުޅި ރާއްޖެއަށް ވިއްސާރަކުރުމުން އެ އިވެންޓް ފަހުގެ ތާރީހެއްގައި ބާއްވަން ވުޒާރާއިން ވަނީ ނިންމާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް