ads
ކަސަބު ގެތުމާބެހޭ ވޯކްޝޮޕްގެ ތެރެއިން ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް ފަށައިފި
ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް ފަށަފި އެވެ.

ކަސަބު ގެތުން ތައާރަފްކޮށްދޭ މި ވޯކްޝޮޕްގައި 5 އަންހެން އޮފިސަރުންނާއި، 3 ފިރިހެން އޮފިސަރުން ބައިވެރިވެފައިވާކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މި ވޯކްޝޮޕަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާނެކަމަށާއި، އެ އޮފިސަރުން މެދުވެރިކޮށް ގައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ކަރެކްޝަންސްއިން ބުނެ އެވެ.

މިފަދަ ޕްރޮގްރާމް ތަކަކީ ގައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ. 

your imageކަސަބު ގެތުމާބެހޭ ވޯކްޝޮޕްގެ ތެރެއިން ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މި ވޯކްޝޮޕްގައި ކަސަބު ބޯވަޅުގެ ތައާރަފް، ބޯވަޅުގެ ބައިތަކާއި ހިރު ތަކުގެ ނަންތައް، ރޮދި އޮޅާނެ ގޮތާއި، ހިމަ ހިރު ގަތާ ގޮތް، ލިބާހުގެ އިތުރުން ކަސަބު ބޭނުން ކުރެވޭނެ އެހެން ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެ އެވެ.

މާފުށީ ޖަލުގައި ކަލްޗަރަލް ސެންޓަރުގައި ގާއިމްކުރުމުގެ ގޮތުން މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް