ads
ރޯދައަށް ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން މަރާމާތްކޮށް ހުޅުވަނީ
މިއަހަރު ރޯދަ މަހަށް ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން މަރާމާތްކޮށް ހުޅުވަން ނިންމައިފި އެވެ.

ފެންއަރުވާ ވަޑާން މަރާމާތްކޮށް ހުޅުވަން ނިންމިކަން ހާމަކުރީ  ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.

މިރޭ މިނިސްޓަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާން މަރާމާތްކޮށް ކުރިއަށްވުރެ ފުރިހަމަކޮށް ހުޅުވާލަން ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ.

ފެންއަރުވާ ވަޑާން މަރާމާތްކޮށް ރޯދައަށް އާންމުކޮށް ހުޅުވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މި މަޝްރޫއުއަކީ އެމްޓީސީސީ ކޯޕަރޭޓް ސޯޝަލް ރިސްޕޮންސްބްލިޓީ(ސީއެސްއާރު) ދަށުން ކުރިއަށްގެންދާ ހާއްސަ ޕްރޮޖެކްޓެއް ކަމަށެވެ.

ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެރިކަމުގައި ތަރައްގީކުރިތަނެކެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އެތަނުގައި މައްސަލަޖެހުމުން މަރާމަތް ނުކޮށް ގިނަދުވަސްތަކެއް ދިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް