ads
ރޭ ޕީއެންޕީން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ސުވާލުކުރައްވަނީ
ކޮންމެހެން ރޯދަމަހު އިންތިހާބު ނުބޭއްވި ފަރުނުޖެހިގެން މިއުޅެނީ ކީއްވެ: ޔާމީން
ކޮންމެހެން ރޯދަމަހުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބު ނުބޭއްވި ފަރުނުޖެހިގެން މި އުޅެނީ ކީއްވެތޯ ކުރީފެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދވައިފިއެވެ.

ރައީސްް ޔާމީންް  މިހެން ވިދާޅުވެފައި ވަނީ އެމަނަިކުފާނު އުފައްދަވަން މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ރޭ ބޭއްވި ޖަލްސާގައި ބައިވެެރިވެޑައިގެން ދެއްކެވި ވާހަކަފުޅެއްގައެވެ. 

ވ އާރަށް ކުއްޔަށްދިން މައްސަލާގައި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ްތަންފީޒުކުރަމުން ގެންދަވާ ރައީސްް ޔާމީން މިވަގުތު ގޭ ބަންދެއްގައި ހުރ ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ކަރެކްޝަނުން ވަނީ މަނާކޮށްފައެވެ. 

ރައީސް ޔާމީން ސިޔާސީ ހަރަކާތެއްގައި އަނެއްކާވެސް ބައިވެރިވެފައި މިވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާތީ އެމަނިކުފާނަށް ދީފައިވާ ލުއިތައް އަލުން ރިވިއުކުރަމުންދާކަމަށް ކަރެކްޝަނުން ބުނެފައިވަނިކޮށެވެ. އެހެންނަމަވެސް ކަރެކްޝަނުން ނިންމި ގޮތެއް މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެއެވެ. 

ރޭ ޕީއެންޕީ ބޭއްވި ޖަލްސާއެއްގައި ބައިވެރިވެ ރައީސް ޔާމީން ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. މުޅި ޖަލްސާގައިވެސް އެންމެ ގިނައިން ސުވާލުކުރެއްވީ ރައީސް ޔާމީންނެވެ. އެމަނިކުފާނުގެ ސުވާލުތައް މުޅިހެން އަމާޒުކުރެއްވީ ކުރިޔަށް އޮތް ރައްޔިތުން މަޖލީހުގެ އިންތިހާބާއި ގުޅުވައެވެ. 

ޕީއެންޕީ އުފެއްދުމުގައި މަސައްކަތުގައި އިއސްކޮށް މަސައްކަތް ކުރައްވާ ޑރ މުހައްމަދު ޖަމީލް އަހުމަދާއި ސުވާލުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ހާއްސަ ހާލަތެއް މެދުވެރިވެގެންދާއިރު މަޖލިސް އިންތިހާނު ރޯދަމަހު ނުބޭއްވިގެން ފަރު ނުޖެހިގެން މިއުޅެނީ ކީއްވެތޯ ވަނީ ސުވާލު އުފައްދާފައެވެ. 

" ރަމަޟާން މަހުގެ އަޅުކަމައިގެން އުޅެން ހުރިހާ އެންމެންވެސް ބޭނުންވާނެ. އަޅުގަނޑު ސާފުކޮށްލަން ބޭނުންވަނީ ގާނޫނީ ގޮތުން މި ހާއްސަ ޒަރޫރަތު ނުވަތަ މި ހާއްސަ އެކްސްކިއުޒް އޮތީމަ، މެއި މަހުގެ ކޮންމެވެސް ހިސާބަކަށް، މިސާލަކަށް މެއި މަހުގެ 15އާ ހަމައަށް މަޖިލީހުގެ އިންތިހާބު ބޭއްވި، އިންތިހާބުގެ މެންބަރުން ދެއްކިއްޖެ ކަމަށްވަންޏާ، ގާނޫނުގައި މި ބުނާ މައްސަލަ ނޫނީ ގާނޫނުގައި މި ބުނާ މަސްދަރު ފުރިހަމަކުރެވިގެން ނުދޭތޯއޭ. އެއީ މެއި މަހުގެ 29އާ ހަމައަށް މިހާރު އޮތް މަޖިލިސް އޮންނާނެ،" ޔާމީން ވިދާޅުވިއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ޖަމީލް ވިދާޅުވީ ރދަމަހުގެ ފަހުން އިންތިހާބު ބެއްވުމަށް އޮތް ހލަތާއި މެދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިންކާރު ނުކުރައްވާކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީ ނޫން އެހެން ޕާޓީތައް އެދެނީ ރޯދަައިގެ ފަހުން އިންތިހާބު ބާއްވަންކަންވެސް ޖަމީލު ފާހަގަކުރެއްވިއެވެ. އަދި ރޯދަމަހު އިންތިހާބު ބޭއްވުމުން ވޯޓްލާ ނުކުންނަ މީހުންގެ އަދަދު ދަށްވެގެންދާނެކަމުގެ ބިރު އޮތްކަމަށާއި މިހާރު އީސީންް ބުނާކަންކަމަކީ ސަރުކާރާއި މަޝްވަރާކޮށް ކުރެވޭނެކަންކަން ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިހާރު ހަމަޖެހިފައިވާ ގޮތުން އޮންނާނީ އަންނަ ރޯދަމަހުގެ 7 ވަނަދުވަހު މާރިޗުމަހުގެ 17 ވަނަދުވަހުއެވެ. ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީއާ ރައީސް ޔާމީންވެސް ވަނީ އިލެކްޝަންސް ކޮމިޝަންގައި އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް