ads
ގާޒާ
އިޒްރޭލުން ދޭ ހަމަލާގައި ގާޒާއިން ޝަހީދުވި އަދަދު 25000 އަށް
ޔަހޫދީން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 25،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1140 މީހަކު މަރާލުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި ގާޒާއަށް ހަމަލާތައް ދޭން ފަށައި މިހާތަނަށް 25101 މީހަކު ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރެއިން 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ޔަހޫދީ ފައުޖުން ކޮންމެ އެއްގަޑިއިރެއްގެ ތެރޭގައި ދެ އަންހެނުން ޝަހީދު ކުރަމުންދާކަން ފާހަގަކޮށް އދން ބުނީ ފާއިތުވި 100 ވަރަކަށް ދުވަހުގެ ތެރޭގައި ޣައްޒާގެ 3000އަށްވުރެ ގިނަ އަންހެނުން ހުވަފަތްވެފައިވާ ކަމުގައެވެ. އަދި ޝަހީދުކޮށްލާފައިވާ ކުޑަކުދިންގެ ޢަދަދު 9000އަށް އަރާއިރު، 10000އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ޔަތީމު ކޮށްލާފައިވާ ކަމުގައެވެ.

ގާޒާއަކީ 2.3 މިލިޔަން މީހުން އާބާދީއެއް ދިރިއުޅޭ ސަހަރެކެވެ. އޭގެ ތެރެއިން 1.9 މިލިޔަން މީހުންގެ ގެދޮރު ވަނީ ސުންނާފަތި ކޮށްލާފަ އެވެ. 

އދން ބުނީ އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި އަންހެން ކުދިން ކަމުގައެވެ. އަދި އެ މީހުން މިހާރު ވަގުތީ ހިޔާތަކާއި ޓެންޓުތަކުގައި ދިރިއުޅެމުން ދަނީ ވަރަށް ނިިކަމެތި ހާލުގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ޔަހޫދީ އިޒުރޭލުން ފަލަސްތީންގެ ގާޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތައް ހުއްޓާލަން އދ އިން އޮތީ ގޮވާލާފަ އެވެ. ނަމަވެސް، މިއީ ޔަހޫދީ ޒަޔަނިސްޓުންނަށް މި ގޮވާލުމާއި ދެކޮޅެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް