ads
ފިތުނަ އުފެއްދީކަމަށް ބުނެ ބައެއް މެމްބަރުންގެ ކެންޑިޑަސީ ބަލައިނުގަތް
ޕާޓީގައި ފިތުނަ އުފެއްދުމަށް މަސައްކަތްކޮށް ޕާޓީ ބައިބައިކުރުވަން މަސައްކަތް ކުރިކަމަށް ބުނެ ޕީޕީއެމް / ޕީއެންސީ މަޖިލިސް ޕްރައިމެރީގައި ވާދަކުރަން ހުށައެޅި ބައެއް މެމެބަރުންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އެޕާޓން ނިންމައިފިއެވެ.

ކެންޑިޑަސީ ބަލައި ނުގަނެ އިންތިހާބުގައި ވާދަނުކުރެވޭނެކަން ބައެއް މެމްބަރުންނަށް ޕީއެންސީ އަންގަން ފެށީ މިއަދުއެވެ. 

ވެރިކަން ކުރާ ޕީއެންސީގެ ޗެއަރޕާސަން އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްކަން ކުރައްވާ ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުރަހީމް ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ މެމްބަރުންނަށް ޕްރައިމެރީގައި ވާދަކުރަން ފުރުސަތު ނުދިނީ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާތީކަމަށެވެ. އަދި ޕާޓީގެ ސިޔާސަތުތަކާއި އިދިކޮޅު އޮއިވަރުގައި ޖެހި އެ ސިޔާސަތުތައް ކުރިއަރުވަން މަސައްކަތްކޮށް ޕާޓީ ތެރޭގައި ބައިބައިވުން އުފެއްދުމަށް އެ މެމްބަރުން މަސައްކަތް ކޮށްފައިވާކަމަށްވެސް އަބްދުއްރަހީމްގެ ސިޓީގައި ވެއެވެ. 

"މި ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީގެ އެތެރޭގައި އުފެދިގެންދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހިވަޑައިގެން ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ، އެ ސިޔާސަތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާ، ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް ކަންކަން ކުރައްވާފައިވާތީކަމަށް." ސިޓީގައިވެއެވެ.

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ތެރޭގައި އުފެއްދުނު ހިޔާލުތަފާތުވުންތަކަށް ފަހު ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން ވަނީ އެޕާޓީން ވަކިވެ ޕީއެންޕީގެ ނަމުގައި އަލުން  ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އެޕާޓީއަށް ރައީސް ޔާމީންވެސް ވަނީ ސޮއިކުރައްވާފައެވެ. އެހެންނަމަވެސް މީހާތަނަށްވެސް ޕާޓީ ރަޖިސްޓްރީކޮށްފައެއް ނުވެއެވެ. އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބުނީ ޕާޓީ ރަޖިސްޓްރީ ކުރާނީ ކޯޓްގައި އޮތް ރައީސް ޔާމީންގެ މައްސަލަ ނިމުމުންކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް