ads
ރިއާލްގެ ބައެއް ކުޅުންތެރިން
ފަހަތުން އަރައި މޮޅުވެގެން ރިއާލް އެއްވަނައަށް
ދެ ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ސްޕެނިޝް ލީގުގެ އެއްވަނަ ރިއާލް މެޑްރިޑުން ދިފާއުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި އަލްމެއިރާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުންވަނީ ފުރަތަމަ މިނިޓުގައި ލަނޑެއް ޖަހައި މެޗު ރަނގަޅަށް ނުފެނީސް ރިއާލް ޕްރެޝަރަށް ވައްޓާލާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެވަނަ ލަނޑެއް ޖަހައި މެޗުގެ ކޮންޓްރޯލް ނެގިހެންވެސް ހީވިއެވެ.

އެހެންނަމަވެސް ދެވަނަ ހާފުގައި ރިއާލްއިންވަނީ ތިން ލަނޑު ޖަހައި މެޗު އަނބުރާލާފައެވެ. ރިއާލްގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖޫޑް ބެލިންހަމް ޖެހިއިރު އެއްވަރު ކުރި ލަނޑު ޖެހީ ވިނީޝަސް ޖޫނިއާއެވެ. ރިއާލް މޮޅުވި ލަނޑަކީ މެޗުގެ އިތުރު ވަގުތުގެވެސް އެންމެ ފަހު ވަގުތު ޖެހި ލަނޑެކެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ރިއާލް ޓޭބަލްގެ އެއްވަނައިގަ އޮތީ 51 ޕޮއިންޓާއެކުއެވެ. އެއީ 20 މެޗުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް