ads
މާލޭ މޭޔަރާއި ކައުންސިލުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނަން: އާޒިމް
ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނެކަމަށް މިރޭ މާލޭ ސިޓީ މޭޔަރުކަމުގެ ހުވާކުރެެއްވި އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގަތް ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މޭޔަރުކަމުގައި ހުރެ މަސައްކަތްކުރަން ބޭނުންވަނީ ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އިހްތިސޯސްގެ ތެރެއިން ވެދެވެން އޮތް އެއްބާރުލުމާއި އެހީތެރިކަން ދީގެންކަމަށެވެ.

އެއީ ލާމަރުކަޒީ ގާނޫނު ދަންނަ ހަމަޔާއި ލަމަކަމަށާއި، އެއީ އެނިޒާމް ފަންޝަން ކުރާ އުސޫލުކަމަށް މޭޔަރު ވިދާޅުވިއެވެ.

އެހެންކަމުން ގާނޫނީ ތެރެއިން އެންމެނާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެއްބާރުލުން ސަރުކާރަށް އަދި މުއައްސަސާތަކަށް އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން ރައްޔިތުންނަށް ފަސޭހައެއް ވާނެ ލާބަލިބޭނެ އެއްވެސް ކަމެއްގައި އަލުގަނޑު ހުރަހަކަށް ނުވާނެކަމުގެ ޔަގީންކަން އަޅުގަނޑު މިއަދު ހަމަ ސަރުކާރަށާއި ހުރިހާ މުއައްސަސާތަކަށް އަރުވަން." އާދަމް އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންނަަށް ފައިދާކުރަނިވި ކަމެއް ކުރާނަމަ އެކަމެއްގައި އެންމެ ކުރީގަައި ހުންނަވާނެކަަަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ކޮންމެ ގޮތަކަަށް އޮތް ނަމަވެސް ހުށަހަޅާނީ ރައްޔިތުންނަށް ފައިދާހުރި ފަސޭހަވާނެކަންކަން ކަމަށާއި އެކަމުގައި އެކަމުގައި އެއްވެސް ހުރަހެއް އޮންނާނެކަމަށް ނުދެކޭކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް