ads
ހުޅުމާލޭގައި އިސްލާމީ ތައުލީމު ދޭ ސްކޫލެއް ތަރައްގީ ކުރަން ހަވާލުކޮށްފި
ހުޅުމާލެ ފޭސް އެކެއްގައި ސްކޫލެއް ތަރައްގީކުރަން އެޗްޑީސީން އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަލް މަދީނާ އިންވެސްޓްމެންޓް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަންއެވެ.

މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވަދެވޭނެ އެވެ. އަދި, އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

"މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދެވޭނެ. އަދި އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރެވިގެންދާނެ،" އެޗްޑީސީން ބުންޏެވެ.

މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން އެ ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒަނަސް ޕޯޓަލް ދައްކާގޮތުން އަލް މަދީނާ އިންވެސްޓްމެންޓްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމާއި އިސްލާމިކް މިނިސްޓްރީގެ ނައިބު އަލީ އަހްސަންއެވެ. އަލީ އަހްސަން އަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުވެސް މެއެވެ. 

އަހްސަން ކުންފުނީގެ ޝެއަރ ހޯލަޑަރެއްގެ ގޮތުގައި އައްޔަންކޮށްފައި ވަނީ މިސަރުކާރު ވެރިކަމަށް އައި ފަހުން މިދިޔަ ނޮވެންބަރު މަހުގެ 22 ވަނަދުވަހު އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް