ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ފުވައްމުލަކުގައި އެކްސިޑެންޓްވެ ފަރުވާއަށް މާލެ ގެނައި މީހާ ނިޔާވެއްޖެ
ފުވައްމުލައް ސިޓިގައި އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި ޒުވާނާ މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

އައިޖީއެމްއެޗުން ބުނީ އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާ ނިޔާވީ މިއަދު ހެނދުނު 8:12 ހާއިރު ކަމަށެވެ. އޭނާ ނިޔާވެފައި ވަނީ އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 10:15 އެހާކަންހާއިރު ފުވައްމުލަކުގެ ބޮޑުފަންނަނު މަގުގައި ބާރު ސްޕީޑްގައި އޭނާ ސައިކަލު ދުއްވާފައި ދަނިކޮށް ކޮންޓްރޯލު ނުވެގެންނެވެ. ކޮންޓްރޯލް ގެއްލި ސައިކަލާއި ދުއްވަން އިން މީހާ ޖެހުނީ ފާރެއްގަ އެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް