ads
"މާލޭގައި ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދާނަން"
މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.

އާޒިމް ވިދާޅުވީ މާލޭގެ އެކި ގޯޅިތަކާއި ތަރުކާރި ފިހާރަތައް ފަދަ ތަންތަނުގައި ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރަމުން ދާކަން ވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި އެފަދަ ވިޔަފާރިތަކުގައި ޝާމިލް ވެގެން އުޅޭ ބިދޭސީން މަގުމައްޗަށް ކުނި އަޅައި ހަޑި ކުރަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން ހޯމް މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން އެފަދަ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ގަވައިދާ ހިލާފަށް ހުރި ކަންކަން އިސްލާހު ކޮށްދިނުން ކަމަށެވެ. އެހެންކަމުން މެންޑޭޓާއި އެއްގޮތަށް ސަރުކާރުގެ މުއައްސަސާ ތަކާއި ގުޅިގެން އެފަދަ ކަންކަން އިސްލާހު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް