ads
ނުވަ ރަށެއްގައި އައިސްޕްލާން ގާއިމް ކުރަން ފަށަނީ
ނުވަ ރަށެއްގައި އައިސްޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް ގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބް މިފަދައިން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މުއްތަލިބް ވިދާޅުވެފައިވަނީ މި މަަސައްކަތަކީ މަހުގެ ކޮލިޓީ ހިފަހައްޓައި މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތެއްގެ އިތުރުން މަސައްކަތް ކުރަމުންދަނީ މި މަސައްކަތް ކުރިއަށް އޮތް ހަތް މަސް ދުވަހުގެތެރޭގައި ނިންމާލުމަށްކަމަށެވެ.

ޖުމްލަ ނުވަރަށެއްގައި އައިސްޕްލާން ގާއިމް ކުރަން ހަމަޖެހިފައިވާއިރު އެ ރަށްތަކަކީ:

  • ހއ. ދިއްދޫ
  • އއ. ރަސްދޫ
  • ލ. މާމެންދޫ
  • ދ. މީދޫ
  • ގދ. ރަތަފަންދޫ
  • ޅ. ނައިފަރު
  • މ. ވޭވައް
  • ގދ. ފިޔޯރީ
  • ލ. މާވަށް

މީގެ އިތުރުން ދޯނުފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ފުރުސަތު ހުޅުވާލާނެކަމަށް ވެސް މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

އައިސް ޕްލާންޓްތައް އެޅުމުގެ އިތުރުން މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ދޯނިތަކުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް 200 ފުރުސަތު ހުޅުވާލާނެ. އަދި މި ފުރުސަތުގައި މަސް ދޯނިތަކުގެ ވެރިންނަށް ބޭންކް މެދުވެރިކޮށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރާނެ" މުއްތަލިބް ވިދާޅުވި އެވެ.

މީގެ ކުރިން ވަނީ މަސްކިރުމުން ފައިސާބަރާބަރަށް ލިބޭނެ ދާއިމީއިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފަ އެވެ. އެގޮތުން މަސްވެރިންނަށް ނުދެވި ސަރުކާރުން ދަރާފައިވާ ފައިސާގެ ތެރެއިން 136 މިލިއަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް