ads
ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އިތުރުކުރަން ހުށަހަޅާއިފި
ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 70 ޕަސެންޓަށް އިތުރުކޮށްދޭން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ޓޫރިޒަމް މިނިސްޓްރީގައި އެދިއްޖެ އެވެ.

މަޓީން ހުށަހަޅާފައި ވަނީ ބިދޭސީ މުވައްޒަފުން 70 ޕަސެންޓަށް އިތުރުކޮށް އަދި ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ އަދަދު 30 ޕަސެންޓަށް ދަށް ކޮށްދޭން މަޓީން އިން އެދިފައިވާކަމަށް އެ ޓޫރިޒަމް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް އެކަމާއި ގުޅިގެން ރަސްމީ ވާހަކަ މިނިސްޓްރީ ތެރޭގައި ދެކެވެމުން މި ވަގުތައް މީޑިއާ އަށް މައުލޫމާތު ދެއްވަން ދަތި ކަމަށް ޓޫރިޒަމްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގައި މިހާރު 40،000 މުވައްޒަފުން މަސައްކަތްކުރެ އެވެ. އޭގެ ތެރޭގައި ދިވެހިންގެ އަދަދަކީ 15،000 އެވެ.

"ޕީޕަލް ފަސްޓް އެޗްއާރް ކޮންސަލްޓެންސީ" އިން ހެދި ދިރާސާއަކާ ހަވާލާދީ މަޓީ އިން ބުނީ 2023 - 2027 އާ ހަމައަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ވަރަށް ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުން ނެތް ކަމަށާއި އެ އިންޑަސްޓްރީ އަށް 2027 ވަނަ އަހަރު 78000 މުވައްޒަފުން ބޭނުންވާ އިރު އޭގެ ތެރެއިން ދިވެހި މުވައްޒަފުންގެ ގޮތުގައި އުފެއްދޭނީ 18000 މީހުން ކަމަށް ވެސް އެ ދިރާސާ އިން އެނގެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް