ads
މިދިޔަ ސަރުކާރުން އެޅި ކާމިލް ދީދީ ސްކޫލް
މިދިޔަ ސަރުކާރުން އެޅި ކާމިލް ދީދީ ސްކޫލް މަރާމާތުކުރަނީ
މިދިޔަ ސަރުކާރުން ހުޅުމާލެ ފޭސް 2ގައި އެޅި ކާމިލް ދީދީ ޕްރައިމެރީ ސްކޫލް މަރާމާތް ކުރުމަށް ބަޔަކު ހޯދުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ

މިދިޔަ ސަރުކާރުން މި ސްކޫލް ހުޅުވުމާއި އެކު ގިނަ ބައެެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޓިނުން ހަދާފައިވާ ސްކޫލެްްގެ ގޮތުގައި ސިފަކޮށް ފެންވަރު ދަށްކަމަށް ބުނެއެވެ. އޭރު ސަރުކާރުން ބުނީ ދެވަނަ ފިޔަވަހީގައި ބޮޑު ސްކޫލެްް އެޚެންދެން ކާމިލް ދީދީ ސްކޫލް ހަދާ ބޭނުން ކުރަން ފެށީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެމުން ދިޔަ މީހުން މާލެއަށް ދަރިން ގޮވައިގެން އުފުލަންޖެހޭ ތަކްލީފުތަކަށް ލުޔެއް ދިނުމަށް ކަމަށެވެ. 

އައު ސަރުކާރުން މިވަނީ އެތަން މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. އެހެންނަމަވެސް ކުރަނީ ކޮން މަރާމާތެއް ކަމަށް ހާމަކޮށްފައެއް ނުވެެއެވެ. 

މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެކެމަށް ތައުލީމީ ވުޒާރާއިން ބުނެއެވެ. އަދި ބީލަށް ހުށައެޚުމާއި ހުޅުވުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

your imageމިދިޔަ ސަރުކާރުން އެޅި ކާމިލް ދީދީ ސްކޫލް

ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 6އަށް ކިޔަވައިދޭ މި ސްކޫލު ޑިޒައިންކުރީ އެޗްޑީސީންނެވެ. ޕްރީ ސްކޫލާއި ޕްރައިމެރީ ބައި ވަކިން ހުންނަ މި ސްކޫލްގެ ހެދުމަށް 23 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިތަނުގެ މަސައްކަތް ކުރީ  އެ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް